ފުވައްމުލައް ސިޓީގެ އައު އިންޖީނުގެ އަދި އޮފީސް ޢިމާރާތް އެޅުމުގެ މަސައްކަތް

ފުވައްމުލައް ސިޓީގެ އައު އިންޖީނުގެ އަދި އޮފީސް ޢިމާރާތް އެޅުމުގެ މަސައްކަތް
31 އޮގަސްޓް 2023

އައު އިންޖީނުގެ ގާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރު ސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ގާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫޢުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.