ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ އެއް ޤާއިމުކުރުން

ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ އެއް ޤާއިމުކުރުން
7 ޖެނުއަރީ 2023

މިސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ ފެސިލިޓީއެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް،މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިކައުންސިލާއި ދެމެދު އެއްބަސް ވުމެއްގައި 2022 ޑިސެންބަރު 28 ގައި ވަނީ ސޮއިކުރެވިފައެވެ.

މިލެބޯޓަރީ ޢިމާރާތް ކުރުމަށްޓަކައި ފުވައްމުލަކުގައި ހުންނަ އެގްރޯމޯލްޑިވްސް ކަލެކްޝަން ސެންޓަރާއި އިންވެގެން 27000 (ހަތާވީސްހާސް)އަކަފޫޓުގެ ބިމެއް ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް،މެރިން ރިސޯސްސް އެންޑް އެގްރިކަލްޗަރ އާއި ޙަވާލުކުރެވިފައެވެ. މިބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައިވެސް 2022 ޑިސެންބަރު 28 ވަނަދުވަހު ވަނީ ސޮއިކުރެވިފައެވެ.

ދިވެހިރާއްޖޭގައި އަލަށް ޤާއިމުކުރެވޭ މިލެބޯޓަރީ އަކީ ރާއްޖޭގައި ހެދޭ ގަސްގަހާ ގެއްސަށް ޖެހޭ އެކިއެކި ބަލިތައް ދެނެގަނެ އެބަލިތަކަށް ފަރުވާ ހޯދުމާއި މުޑުވައްކުރުމުގައި އާގޮތްތައް ހޯދުމަށް ފަސޭހަވެގެންދާނެ ލެބޯޓަރީއަކަށް ވެގެންދާނެ އެވެ. މިލެބޯޓަރީ ފެސިލިޓީގައި ސޮއިލް އެނެލިޓިކަލް ، ބައޯކޮންޓްރޯލް ، ޓީޝޫ ކަލްޗަރ ،އަދި ޕެތޮލޮޖީ މިހަތަރު ލެބް ގާއިމުކުރެވިގެން ދާނެއެވެ. އެހެންކަމުން މިރަށުގެ އަނބުގަސްތަކާ، އަލައޮޅުތަކަށް މިހާރު ޖެހެމުންދާ ބަލިތައް ދެނެގަނެ އެބަލިތަކަށް ބައޮލޮޖިކަލް ފަރުވާ ހޯދުމަށް މިލެބޯޓަރީ އިން މަގުފަހިވެގެންދާނެ އެވެ.

އަންނަ އަހަރު ސެޕްޓެންބަރު މަހަށް ލެބޯޓަރީ އިމާރާތުގެ މަސައްކަތް ނިންމާ ހަވާލުކުރުމަށް އެއްބަސްވެފައިވާއިރު ލެބޯޓަރީއަށް ބޭނުންވާ އިކުއިޕްމެންޓްތައް މިހާރުވެސް ވަނީ ގަނެ ފުވައްމުލަކަށް ގެންދެވިފައި.

ފޮޓޯ ގެލަރީ