ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި
22 ފެބްރުއަރީ 2024

ޕްރޮޖެކްޓްގެ އަގު(ރުފިޔާ)

225 މިލިޔަން ރުފިޔާ

މަސައްކަތާއި ޙަވާލުވެފައިވާ ފަރާތް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ ފުވައްމުލައް ސިޓީގެ ޖުްލަ 50 މަގެކެވެ. އެގޮތުން މި މަޝްރޫޢަށް ޖުމުލަ 225 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކަނޑައެޅިފައިވާއިރުމި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރު އަޅައި ތަރައްޤީ ކުރުމުގެ އިތުރުން މަގު ތަކުގައި ފެން ހިންދާ ނިޒާމުވެސް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.