ޖަމްޢިއްޔަތުލްސަލަފާއި މިކައުންސިލް ގުޅިގެން 2024 ނޮވެމްބަރު 07 އިން 11 އަށް "ސަލަފު ރިޙްލާ 2024" ނަމުގައި ފުވައްމުލައް ސިޓީގައި ތަފާތު ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޒުވާނުންނާއި، ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނާއި، މަސައްކަތްތެރިންނާއި، އިސްރަށްވެހިން އަދި ޖުމްލަ ގޮތެއްގައި މުޅިސިޓީގެ އާބާދީއަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ގިނަ ޙަރަކާތްތަކެއް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ. މީގެ ތެރޭގައި ދީނީ، އިޖްތިމާޢީ، ސިއްޙީ، ވިޔަފާރި، ކުޅިވަރު، މަސައްކަތްތެރިކަމުގެ ހުނަރު، މެނޭޖްމަންޓާއި ލީޑަރޝިޕް އަދި ޕޭރެންޓިންގ ފަދަ މުޙިއްމު ދާއިރާތަކުން ވޯކްޝޮޕްތަކާއި ތަމްރީނު ޕްރޮގްރާމްތައް ތަފާތު އެކި ސެޝަންތަކާއި ކޭމްޕްތައް ކުރިއަށް ގެންދެވޭނެއެވެ. މިއިވެންޓްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ސަލަފު ރިޙްލާ 2024" ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް:
ޢަޤީދާ ވޯކްޝޮޕް: އައްޝައިޚް ޙަސަން ފައިޞަލް
ތާރީޚް: 7- 10 ނޮވެމްބަރ 2024 ގަޑި:20:30 - 22:30
ތަން: އަތޮޅު ތަޢުލީމީ މަރުކަޒު ހޯލު ޢުމުރު: 14 އަހަރުން މަތި
ތިލާވާ ވޯކްޝޮޕް: ޤާރީ މުޙައްމަދު ތައުފީޤު ޢަލީ
ތާރީޚް: 9 - 10 ނޮވެމްބަރ 2024 ގަޑި: 20:30 - 22:30
15 އަހަރުން މަތި
އިމާމުންގެ ވޯކްޝޮޕް: އައްޝައިޚް ޢަބްދުﷲ ސަޢުދާން
ތާރީޚް: 9 - 10 ނޮވެމްބަރ 2024 ގަޑި:9:00- 11:00
ތަން: މަސްޖިދުލް ހުދާ (ފުރަތަމަ ފަންގިފިލާ)
ބަދަހި ޢާއިލާ (ޢާއިލީ މައްސަލަތަކުގެ ޙައްލު)
އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ، އައްޝައިޚް އަޙްމަދު ސަމީރު ، އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމް
ތާރީޚް: 9 ނޮވެމްބަރ 2024 ގަޑި:9:00- 11:00
ތަން: ޒިކުރާ މެއިން ކެމްޕަސް ހޯލް ޢުމުރު: 18 އަހަރުން މަތި
ކަމަނަ: އައްޝައިޚް އަޙްމަދު ސަމީރު
ތާރީޚް: 8 ނޮވެމްބަރ 2024 ގަޑި: 20:30 - 22:30
ތަން: ޒިކުރާ މާލެގަން ހޯލް ކަނބަލުންނަށް ޚާއްޞަ
ދީނާރު (އިސްލާމިކް ފައިނޭންސް ވޯކްޝޮޕް): ޢައްޝައިޚް ޙަސަން ޒިޔާން ، އައްޝައިޚް މުޙައްމަދު ފަޒީލް
ތާރީޚް: 9 ނޮވެމްބަރ 2024 ގަޑި: 8:30 - 11:45
ތަން: އަތޮޅު ތަޢުލީމީ މަރުކަޒު ލައިބްރަރީ
ދަނޑުވެރިކަމާބެހޭ ވޯކްޝޮޕް: ޙަސަން ޙަލީލް
ތާރީޚް: 9 ނޮވެމްބަރ 2024 ގަޑި: 9:30 - 15:30
ތަން: ހާފިޒް އަހްމަދު ސްކޫލް ދަނޑުވެރިންނަށް ޚާއްޞަ
ކޯޑިންގ ވިތް އޭއައި: މުޙައްމަދު ޖައިލަމް
ތާރީޚް: 8 ނޮވެމްބަރ 2024 ގަޑި:20:30 - 22:30
ތަން: ކުރުނދުމާ މާލަމް ޢުމުރު: 15 އަހަރުން މަތި
ގްރެފިކް ޑިޒައިން ފަންޑަމެންޓަލްސް: މުޙައްމަދު ޖައިލަމް
ތާރީޚް: 7 ނޮވެމްބަރ 2024 ގަޑި:20:30 - 22:30
ތަން: ކުރުނދުމާ މާލަމް ޢުމުރު: 15 އަހަރުން މަތި
ގޭމް ޑިވެލޮޕްމަންޓް ފޯރ ކިޑްސް: މުޙައްމަދު ޖައިލަމް
ތާރީޚް: 9 ނޮވެމްބަރ 2024 ގަޑި:9:30 – 11:45
ތަން: ކުރުނދުމާ މާލަމް ޢުމުރު: 15 އަހަރުން މަތި
އެކްޕްލޯރިންގ އޭއައި އެންޑް މެޝިންގ ލާނިންގ: މުޙައްމަދު ޖައިލަމް
ތާރީޚް: 8 ނޮވެމްބަރ 2024 ގަޑި:15:45 – 17:45
ތަން: ކުރުނދުމާ މާލަމް ޢުމުރު: 15 އަހަރުން މަތި