މިޕްރޮގްރާމް އަކީ ފުވައްމުލައްސިޓީ ޑިވެލޮޕްމެންޓް ޕްލޭންގައިވާ "ދީނީ ޢަޤީދާ" މިސެކްޓަރގެ ދަށުން ފުވައްމުލަކު ކޮންމެ ރައްޔިތަކީ 5 ނަމާދު ޤާއިމުކުރާ ރައްޔިތަކަށް ހެދުމުގެ މަޤްޞަދުގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. އެގޮތުން ކުދިންނަށް ވުޟޫކުރުމާއި، ނަމާދުގައި ކިޔާތަކެތި ދަސް ކޮށްދިނުމާއި، ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުވުމާއި، އަޤިދާއާއި ގުޅޭ މަޢުލޫމާތު އަދި ސުވާލު ކުއިޒް އަދި ނަމާދުގެ ޙަރަކާތްތައް ދަސްކޮށް ދިނުމަކީ މިޕްރޮގްރާމްގެ ބޭނުމެވެ. މި ޕްރޮގްރާމަކީ 40 ދުވަހުގެ މުއްދަތައް ހިންގޭ ޕްރޮގްރާމެކެވެ. އެގޮތުން މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިފަދަ 3 ވަނަ ޕްރޮގްރާމްއެވެ.
މިޕްރޮގްރާމް ނިމޭއިރު ޕްރޮގްރާމްގެ ބައިވެރިންނަކީ 5 ވަގުތު ނަމާދު ޤާއިމުކުރާ ކުދިންނަށް ވެގެންދިއުމަކީ މިކައުންސިލްގެ އުއްމީދެވެ. އެގޮތުން މިޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާ ކުދިންނަށް އިނާމާއި ސެޓްފިކެޓް އަދި ޝީލްޑް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.