
މިފެސްޓިވަލަކީ މިކައުންސިލާއި ޔުނިސެފް އަދި ފުވައްމުލައް ހޮސްޕިޓަލް ގުޅިގެން ބޭއްވި ހަރަކާތެކެވެ. މި ފެސްޓިވަލްގެ ތެރެއިން ހުރިހާ ޢުމުރެއްގެ މީހުންނަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދެވުނެވެ. އޭގެ ތެރޭގައި ހެލްތް ސްކްރީނިންގެ ޚިދުމަތާއި ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ. އެގޮތުން ކުރިއަށް ގެންދެވުނު ކުޅިވަރުތަކުގެ ތެރޭގައި ފުޓްބޯޅަ، ހޭންޑްބޯލް، ވޮލީ، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން ހިމެނެއެވެ.