1618

ކަނޑު އުޅަނދުގެ ލައިސަންސްގެ އަމަލީ އިމްތިޙާނަށް އެގްޒަމިނަރުން ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 19 އެޕްރީލް 2026
(IUL)468-VR/468/2026/73
ސުންގަޑި: 27 އެޕްރީލް 2026(މެންދުރު 14:00)

މި ކައުންސިލުން ދޫކުރާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްގެ އަމަލީ އިމްތިޙާނުތައް ކުރިއަށްގެންދާނެ އެގްޒެމިނަރުން ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރިއަށްދާނީ ކައުންސިލުން ކަނޑައަޅާ ވަގުތުތަކެއްގައި، ކަނޑައެޅޭ ވަކި ތަނެއްގައެވެ. މިއީ އެހެން ވަޒީފާއެއްގައި އުޅެމުންވެސް، ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

އެގްޒަމިނަރުން

- ބޭނުންވާ ޢަދަދު: 02

ޝަރުޠު

- ދަށްވެގެން ނިޔަމި ކަމުގެ ސަނަދު 1 އޮތުން

- ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން

- ކަނޑު އުޅަނދުފަހަރު ދުއްވުމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން

- ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މީހެއްކަމުގައިނުވުން

އުޖޫރަ

  • އިމްތިޙާނުކުރާ ކޮންމެ ކެޓަގަރީއަކަށް -/100 (ސަތޭކަ) ރުފިޔާ
  • އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތިތަކެއްގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އެޕްރީލް 2026 ވާ ދުވަހުގެ 14:00 ގެ ކުރިން، ވަނަވަރާއި (CV) އެކު މި ކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

02 ޛުލްޤަޢިދާ 1447

19 އެޕްރީލް 2026

ވަޒީފާއާއި ގުޅޭ ލިޔެކިޔުންތައް