1618

އެސޯސިއޭޓް ކައުންސިލް އޮފިސަރ

ޕަބްލިޝްކުރެވުނު ތާރީޚް: 7 ޖުލައި 2026
(IUL)468-PCS/468/2026/129
ސުންގަޑި: 13 ޖުލައި 2026(މެންދުރު 13:00)

އިޢުލާނު

މަޤާމު:

އެސޯސިއޭޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

ރޭންކް 4 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުވައްމުލައް ސިޓީ ކައުންސިލް/ ޏ.ފުވައްމުލައް

މުސާރަ:

މަހަކު 8,505.00 (އަށްހާސް ފަސްސަތޭކަ ފަސް ) ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 2,555.00 (ދެހާސް ފަސްސަތޭކަ ފަންސާސް ފަސް ) ރުފިޔާ ( 1 ވަނަ ހަރުފަތުގެ މިންވަރު)

ހާޟިރީ އިނާޔަތް:

ހާޟިރުވާ ކޮންމެ ދުވަހަކަށް 70 (ހަތްދިހަ) ރުފިޔާ

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

ހަމަޖެހިފައިވާ އުސޫލުން ކޮންމެ ރަމަޟާން މަހެއްގައި ރަމަޟާން އެލަވެންސް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ފުވައްމުލަކުގައި ހިންގުމަށް ރޭވިފައިވާ އަދި ހިގަމުންދާ ބޮޑެތި މަޝްރޫޢުތައް ކައުންސިލުގެ ފަރާތުން މޮނިޓަރ ކުރުމާއި، އެފަދަ މަޝްރޫޢުތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓާއި މަޢުލޫމާތު ފޮނުވުން.

އަތޮޅު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިޔަށް އޮތް އަހަރުގެ ބަޖެޓްގައި ހިމަނަން ބޭނުންވާ ޕްރޮޖެކެޓްތަކާއި ޕްރޮގްރާމްތަކާއި ޕީ އެސް އައި ޕީ އަށް ކުރަންޖެހޭ ޕްރޮޖެކެޓްތަކުގެ ތަފްޞީލް އަގު ހަދާ ޖުލައި މަހުގެ ނިޔަލަށް ބަޖެޓް ސެކްޝަނަށް ފޮނުވުން.

ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ތައްޔާރު ކުރަންޖެހޭ ކުރެހުން ތައްޔާރުކުރުމާޢި މަސައްކަތުގެ ތަފްސީލް ބީއޯކިއު ތައްޔާރުކޮށް މަސައްކަތް ކުރިޔައް ދާނެގޮތް ޑިޒައިންކުރުން.

ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިނގާގޮތް ބަލަހައްޓާ، ދޭންޖެހޭ އިރުޝާދުތައް ދިނުމާއި މަސައްކަތްތަކުގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރުމާއެކު މުޅި ޕްރޮޖެކްޓް މެނޭޖްކުރުން.

ކައުންސިލުން ހިންގާ ޕޮރޮޖެކްޓްތައް ނިމުމުން ޕްރޮޖެކްޓް ހިގާދިޔަގޮތުގެ ރިޕޯޓްތައްޔާރުކުރުމާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން.

ފުވައްމުލަކުން މިހާރު ދޫކޮށްފައިވާ ބިންތަކުގެ މިންތައް އެނގޭނެ ގޮތަށް ސްކެޗް ތައްޔާރުކުރުމާއި ބްލޮކްތައް ވަކިން އެގޭނެ ގޮތައް ކުރަހައި އަޕްޑޭޓް ކުރަމުން ގެންދިޔުން.

އިދާރާ އިން ކުރާ އެންމެހާ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ޚާއްޞަ ޙާލަތްތަކާ ގުޅިގެން ދިމާވާ ކަންތައްތައްކުރުން- އިމަޖެންސީ ޙާލަތެއް މެދުވެރިވެގެން އޮފީހުން އަންގާލި ކޮންމެ ހިނދެއްގައި އޮފީހަށް ނިކުމެ އެކަމެއް ނިމެންދެން މަސައްކަތް ކުރުން.ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކްޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

އެގްރިކަލްޗަރަލް ސައިންސް

އެންތްރޯޕޮލޮޖީ

އާކިޓެކްޗަރ

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ސިވިލް އިންޖިނިއަރިންގ

ކޮމާރސް

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް

ކޮމްޕިއުޓަރ ސައިންސް

ކައުންސިލް އެޑްމިނިސްޓްރޭޝަން

ކަލްޗަރ އެންޑް ހެރިޓޭޖް

ޑިމޮގްރަފީ

ޑިވެލޮޕްމަންޓް ސްޓަޑީޒް

ދިވެހި ލެންގްއޭޖް

އިކޮނޮމިކްސް

އެޑިއުކޭޝަން

އެންވަޔަރަންމަންޓަލް ސައިންސް

ފައިނޭންސް

ގަވަރނަންސް

ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް

ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް

ހިއުމަން ރިސޯސް

އިންފޮމޭޝަން ޓެކްނޮލޮޖީ

އިންޓަނޭޝަނަލް ރިލޭޝަންސް

ލޯ

ލީޑަރޝިޕް

ލައިބްރަރީ ސައިންސް

ލޯކަލް ގަވަރނަންސް

މެނޭޖްމަންޓް

މެރީން ސައިންސް

މާކެޓިންގ

އޮފީސް އެޑްމިނިސްޓްރޭޝަން

ޕޮލިސީ ސްޓަޑީޒް

ޕޮލިޓިކަލް ސައިންސް

ޕްރޮޖެކްޓް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް މެނޭޖްމަންޓް

ޕަބްލިކް ޕޮލިސީ

ޕަބްލިކް ރިލޭޝަންސް

ރިލިޖަސް ސަރވިސަސް

ޝަރީޢާ އެންޑް ލޯ

ސޯޝަލް ސައިންސް

ސޯޝަލް ވޯރކް

ސޯޝިއޮލޮޖީ

ސްޕޯޓްސް މެނޭޖްމަންޓް

ސްޓެޓިސްޓިކްސް

ސްޓްރަކްޗަރަލް އިންޖިނިއަރިންގ

ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް

އަރބަން ޕްލޭނިންގ

އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ތަޢުލީމީ ދާއިރާތައް:

އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް .1

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖުލައި 2026 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން 14 ޖުލައި 2026 އާއި 15 އޮގަސްޓް 2026 އާ ދެމެދު، ފުވައްމުލަކު ސިޓީ ކައުންސިލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865001 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

ވަޒީފާއާއި ގުޅޭ ލިޔެކިޔުންތައް