1618

ނޭޗާ ޕާކް މެމްބަރޝިޕް

މި ޚިދުމަތުން ފުވައްމުލަކު ފުވައްމުލަކު ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކަށް ވަންނަ މެމްބަރޝިޕް ރެޖިސްޓްރޭޝަންއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ފަރުދުންނަށް ލިބިގެންދާނެ. އާ މެންބަރޝިޕަކަށް އެދި ހުށަހެޅުމަށް، މިހާރު އޮތް މެމްބަރޝިޕް އާކުރުމަށް، ނުވަތަ މިހާރުގެ މެންބަރޝިޕަށް ބަދަލު ގެނައުމަށް މި ޚިދުމަތް ބޭނުންކުރެވިދާނެ

  • މަތީގައިވާ ވަންގަވް ލިންކް މެދުވެރިކޮށް ނޭޗާ ޕާކް މެމްބަރޝިޕް އެޕްލައި ކުރައްވާ
  • 18 އަހަރު ނުފުރޭ ކުދިންގެ ފޯމު ހުށަހަޅަންވާނީ އެކުއްޖެއްގެ މައިންބަފައިން ނުވަތަ ގާނޫނީ ބެލެނިވެރިޔާ
  • އަލަށް މެމްބަރަކަށް ވުމަށް ހުށަހަޅާއިރު ބޭނުންވާ ތަކެތި: ޕާސްޕޯޓް ސައިޒުގެ ފޮޓޯއަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (18 އަހަރު ނުފުރޭ ކުދިންނަށް) ނުވަތަ ވޯކް ޕާމިޓް/ޕާސްޕޯޓް (ބޭރު މީހުންނަށް)
  • މެމްބަރޝިޕް ފީއެއްގެ ގޮތުގައި 250 ރުފިޔާ ނެގޭނެ. އަދި މެމްބަރޝިޕްގެ މުއްދަތަކީ ކާޑު ދޫކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް
  • މެމްބަރޝިޕް އާކުރުމަށާއި (މުއްދަތު ހަމަވުން، ގެއްލުން ނުވަތަ ހަލާކުވުން)، މަޢުލޫމާތު އިސްލާހުކުރުމަށް (ފޮޓޯ ބަދަލުކުރުން ނުވަތަ ކުޑަކުދިންގެ ކާޑުން ބޮޑެތިމީހުންގެ ކާޑަށް ބަދަލުވުން) އާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހަޅަންޖެހޭ
  • ފޯމު ހުށަހަޅާތާ ރަސްމީ 2 ނުވަތަ 3 ދުވަހުގެ ތެރޭގައި ފޯމު ޕްރޮސެސް ކުރެވޭނެއެވެ. ފޯމު އެޕްރޫވްވުމުން އީމެއިލް މެދުވެރިކޮށް ޑިޖިޓަލް ކާޑު ފޮނުވޭނެ. އަދި ފިޒިކަލް ކާޑު ބަލައި އައުމަށް ނޮޓިފިކޭޝަނެއް ފޮނުވޭނެ