1618

ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ހުއްދަ

މި ޚިދުމަތުން ފުވައްމުލަކު ނޭޗަރ ޕާކްގައި ފޮޓޯގްރަފީ ނުވަތަ ވީޑިއޯގްރަފީގެ ހަރަކާތްތައް ހިންގުމުގެ ހުއްދައެއް ހޯދުމުގެ ފުރުޞަތު ފަރުދުންނަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ލިބިގެންދާނެ

  • ދީފައިވާ ވަންގަވް ލިންކު މެދުވެރިކޮށް ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ހުއްދައަށް އެދި ހުށައަޅުއްވާ
  • ވިޔަފާރި އުސޫލުން މަސައްކަތްކުރާ ކްރޫއެއްނަމަ، ހުރިހާ މެންބަރުންގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ބޭނުންވާނެ
  • ފޯކަލް ޕޮއިންޓެއް އައްޔަންކުރާނަމަ، އެ ފަރާތެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ހުށައަޅުއްވާ
  • ފީތައް: އިވެންޓް ފޮޓޯ/ވީޑިއޯ (150 ރުފިޔާ)، ކޮމާޝަލް ފޮޓޯ (500 ރުފިޔާ)، ކޮމާޝަލް ވީޑިއޯ (3000 ރުފިޔާ)، ޑްރޯން ހުއްދަ (100 ރުފިޔާ)
  • ހުއްދަ ލިބޭ ފަރާތްތަކަށް ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ނޮޓިފިކޭޝަން ފޮނުވޭނެ
  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންތައް 2 ރަސްމީ ދުވަސް ތެރޭގައި ޕްރޮސެސް ކުރެވޭނެ
  • މިއީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށްވާތީ، ހަރަކާތް ނިމުމުން އެ ސަރަހައްދު އެއްކޮށް ސާފުކޮށް، ހުރިހާ ކުނިބުނި ނަގާފައިވާކަން ބޭނުންކުރާ ފަރާތްތަކުން ކަށަވަރުކުރަންވާނެ