ކައުންސިލަރ އަބްދުﷲ ނާސިރު އަޙްމަދު

ތައާރަފް

ކައުންސިލަރ ޢަބްދުﷲ ނާޞިރު އަކީ  ލޯކަލް ކައުންސިލްގެ 4 ވަނަ ދައުރުގެ (17 މޭ 2021 ން ފެށިގެން ކުރިއަށް އޮތް 5 އަހަރު ދުވަހަށް) ފުވައްމުލައް ސިޓީގެ އިރު އުތުރު ދާއިރާގެ ކައުންސިލަރެވެ.  

 ކައުންސިލަރ ޢަބްދުﷲ ނާސިރު ސާނަވީ ތަޢުލީމު ހާސިލުކުރެއްވީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.  އެއަށްފަހު، ރިސޯޓުދާއިރާގައި ވަޒީފާ އަދާކުރެއްވުމަށްފަހު، ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގައި 11 އަހަރުވަންދެން ވަޒީފާ އަދާކުރެއްވިއެވެ. މިމުއްދަތުގައި، ދާއިރާއާއި ގުޅޭގޮތުން ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވެއެވެ.  

ޢަބްދުﷲ ނާސިރު އިތުރަށް ކިޔަވާ ވިދާޅުވާން ބޭނުންފުޅުވާތީ، މަތީ ތަޢުލީމް ހާސިލު ކުރެއްވުމަށް ސްރީލަންކާ އަށް ވަޑައިގެން، ހަޔަރ ނޭޝަނަލް ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމެންޓް 2012 ވަނަ އަހަރު ހާސިލުކުރެއްވިއެވެ. އަދި 2014 ވަނަ އަހަރު ބެޗެލަރސް އޮފް އާރޓް (ހޮނަރސް އިން ބިޒްނަސް މެނޭޖްމެންޓް) ހާސިލުކުރެއްވެވިއެވެ.

ޑިގްރީ ހާސިލު ކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، 2014 ވަނަ އަހަރު ބޭވި ލޯކަލް ކައުންސިލް އިންތިޙާބުގައި، ހޯދަޑު ކައުންސިލުގެ މެންބަރ ކަމުގެ ގޮޑި ކާމިޔާބު ކުރައްވައި، އެކައުންސިލުގެ ރައީސްކަން އެދައުރުގައި ކުރެއްވިއެވެ. 

އިންތިޚާބީ ދާއިރާ

ފުވައްމުލައް އިރު އުތުރު ދާއިރާ

ހުވާކުރި ތާރީޚް

16 މެއި 2021

ޕާޓީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ކޮމިޓީތައް

  • (ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް ކޮމިޓީ (މުގައްރިރު
  • (ޕްލޭނިން، ހައުސިން އެންޑް ލިވެބްލް ސިޓީ ކޮމިޓީ (ނައިބު މުގައްރިރު
  • (ކޮމިއުނިޓީ ސާވިސަސް ކޮމިޓީ (މެމްބަރ
  • (ސްމާޓް ސިޓީ ކޮމިޓީ (މެމްބަރ
  • (އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަން ކޮމިޓީ (މެމްބަރ