ޑެޕިއުޓީ މޭޔަރ މުޙައްމަދު ފިކުރީ

ތައާރަފް

ޑެޕިއުޓީ މޭޔަރ އަލްފާޟިލު މުހައްމަދު ފިކުރީ އަކީ 10 އެޕްރީލް 2021 ވީ ހޮނިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް ތަކުގެ 4 ވަނަ ދައުރުގެ އިންތިޚާބުގައި ފުވައްމުލައް ސިޓީގެ މެދުއުތުރު ދާއިރާއަށް ރައްޔިތުން އިންތިޚާބު ކުރެއްވި އެދާއިރާގެ ކައުންސިލަރެވެ.
‎އާ ކައުންސިލަރުން މަޤާމުގެ މަސްޢޫލިއްޔަތާއި ހަވާލުވުމުގެ ހުވާ ކުރެއްވި ދުވަހު (17 މޭ 2021) ގައި ބޭއްވުނު ޑެޕިއުޓީ މޭޔަރގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ‎މިއަދާއި ހަމައަށް ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ވެސް ހުންނެވީ ފިކުރީއެވެ.

ފިކުރީއަކީ ޞިއްޙީ ދާއިރާ، ޓްއަރިޒަމްގެ ދާއިރާ އަދި ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖޭން ބޭރުން ތަޢުލީމް ހާސިލު ކުރެއްވުމަށްފަހު ދިވެހި ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ޓްއަރިޒަމް ދާއިރާގެ އިތުރުން ޒުވާނުންނާއި ކުޅިވަރު އަދި އިޖުތިމާޢީ ތަރައްޤީގެ ރޮނގުން ފާއިތުވި 38 އަހަރު މިސިޓީ އަށާއި ދިވެހި ޤަޢުމަށް ގިނަ ޚިދުމަތް ތަކެއް ކޮށްދެއްވާ ފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ.

އިންތިޚާބީ ދާއިރާ

ފުވައްމުލައް މެދު އުތުރު ދާއިރާ

ހުވާކުރި ތާރީޚް

16 މެއި 2021

ޕާޓީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ކޮމިޓީތައް

  • (އެންވަޔަރަމަންޓް އެންޑް ކްލައިމެޓް އެކްޝަން ކޮމިޓީ (މުގައްރިރު
  • (ކޮމިއުނިޓީ ސާވިސަސް ކޮމިޓީ (ނައިބު މުގައްރިރު
  • (ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް ކޮމިޓީ (ނައިބު މުގައްރިރު
  • (ސްމާޓް ސިޓީ ކޮމިޓީ (މެމްބަރ