ތައާރަފް

ކައުންސިލަރ އާމިނަތު ޢިނާޔާ އަކީ  ލޯކަލް ކައުންސިލްގެ 4 ވަނަ ދައުރުގެ ފުވައްމުލައް ސިޓީގެ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރެވެ.  ޢިނާޔާ ކައުންސިލަރުގެ މަޤާމަށް އިންތިޚާބުކުރެވުނީ، 10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލްގެ  4 ވަނަ އިންތިޚާބުގައެވެ.  

ޏ.އަތޮޅު ތަޢުލީމީ މަރުކަޒުން ސާނަވީ ނިންމެވުމަށްފަހު ޢިނާޔާ ފަސް އަހަރު އޭވިއޭޝަންސް ދާއިރާގައި އުޅުއްވިއެވެ. އެއަށްފަހު، ޓީޗިންގ ދާއިރާއާ ގުޅިވަޑައިގެން 02 އަހަރު ޓީޗިންގ ދާއިރާގައި ޚިދުމަތް ކުރެއްވިއެވެ. ކައުންސިލަރ އާމިނަތު ޢިނާޔާ ވަނީ ޓޫރިޒަމް އަދި ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައެވެ.  

ޢިނާޔާ އަކީ އިޖުތިމާޢީ ކުޅިވަރު ޙަރަކާތްތަކަށް ލޯބިކުރައްވާ އަދި މިރޮނގުން އިސްކޮށް ޙަރަކާތްތެރިވާ ޒުވާނެކެވެ.    

އިންތިޚާބީ ދާއިރާ

ފުވައްމުލައް ހުޅަނގު ދެކުނު ދާއިރާ

ހުވާކުރި ތާރީޚް

16 މެއި 2021

ޕާޓީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ކޮމިޓީތައް

  • ސްމާޓް ސިޓީ ކޮމިޓީ (މުގައްރިރު)
  • އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަން ކޮމިޓީ (މެމްބަރ)
  • ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް ކޮމިޓީ (މެމްބަރ)
  • ޕްލޭނިން، ހައުސިން އެންޑް ލިވެބްލް ސިޓީ ކޮމިޓީ (މެމްބަރ)
  • ކޮމިއުނިޓީ ސާވިސަސް ކޮމިޓީ (މުޤައްރިރު)