ކައުންސިލަރ އިބްރާހީމް މުޙައްމަދު

ތައާރަފް

ކައުންސިލަރ އިބްރާހީމް މުޙައްމަދަކީ ލޯކަލް ކައުންސިލްގެ 4 ވަނަ ދައުރުގެ ފުވައްމުލައް ސިޓީގެ އިރު ދެކުނު ދާއިރާގެ ކައުންސިލަރެވެ. އެބޭފުޅާ ކައުންސިލަރުގެ މަޤާމަށް އިންތިޚާބުކުރެވުނީ، 10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލްގެ 4 ވަނަ އިންތިޚާބުގައެވެ.

ކައުންސިލަރ އިބްރާހީމް މުޙައްމަދު ތަޢުލީމު ޙާޞިލުކުރެއްވީ ފުވައްމުލަކު ސްކޫލުންނާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ސާނަވީ ތަޢުލީމު ނިންމެވުމަށްފަހު، 2001 ވަނަ އަހަރު މަސައްކަތު މައިދާނަށް ގުޅިވަޑައިގެން، ފަތުރުވެރިކަމުގެ ދާއިރާ އިން ގިނަގުނަ ތަޖުރިބާތަކާއި ފަންނީ ތަމްރީނުތައް ޙާޞިލުކުރެއްވިއެވެ. މީގެއިތުރުން އިބްރާހީމް މުޙައްމަދު ވަނީ ލޯކަލް ކައުންސިލްގެ 2 ވަނަ ދައުރުގެ (26 ފެބުރުވަރީ 2014 އިން 28 ފެބުރުވަރީ 2017 އަށް) ދޫނޑިގަން ކައުންސިލުގެ ރައީސްކަން ވެސް ކުރައްވާފައެވެ.

ކައުންސިލަރ އިބްރާހީމް މުޙައްމަދު ވަނީ ސިޔާސީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން، އަމިއްލަ އަވަށާއި، ރަށުގެ ތަރައްޤީއާއި، ދީނީ، ޞިއްޙީ، ތަޢުލީމީ އަދި ކުޅިވަރުގެ ރޮގުން ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި، މިދާއިރާތަކުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާފައިވާ ޕްރޮގްރާމުތަކާއި، މީގެއިތުރުން މުނިފޫހިފިލުވުމުގެ ދާއިރާއިން ކޮށްދެއްވައިފައިވާ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.

އިންތިޚާބީ ދާއިރާ

ފުވައްމުލައް އިރު ދެކުނު ދާއިރާ

ހުވާކުރި ތާރީޚް

16 މެއި 2021

ޕާޓީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ކޮމިޓީތައް

  • (ޕްލޭނިން، ހައުސިން އެންޑް ލިވެބްލް ސިޓީ ކޮމިޓީ (މުގައްރިރު
  • (ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް ކޮމިޓީ (މެމްބަރ
  • (ސްމާޓް ސިޓީ ކޮމިޓީ (މެމްބަރ
  • (އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަން ކޮމިޓީ (މެމްބަރ