އަލްފާޟިލު ޢަލީ އިބްރާހިމްދީދީ

ތައާރަފް

އަލްފާޟިލް ޢަލީ އިބްރާހިމްދީދީއަށް އަތޮޅުވެރިކަން ލިބިވަޑައިގަތީ 1972 ވަނަ އަހަރު ބޭއްވުނު އަތޮޅު ކޮމިޓީގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައި، އެއްވަނައަށް ހޮވިވަޑައިގަތުމުންނެވެ.

އަތޮޅުގެ ވެރިކަމާއެކު ރަށަށް ވަޑައިގެން، އަތޮޅު އޮފީހާ ޙަވާލުވެވަޑައިގަތީ 1972 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. ޢަލީ އިބްރާހިމްދީދީގެ އަތޮޅުވެރިކަމުގައި ރަށުގެ ތަރައްޤީއަށް މާބޮޑު މަސައްކަތްތަކެއް ނުކުރެއްވި ކަމުގައިވިޔަސް، އެކަމަށް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ނަމަވެސް، ސަރުކާރުގެ އެންގެވުމަކާ ގުޅިގެން މާލެ ވަޑައިގަތުމަށްފަހު، އެ ދަތުރުގައި އަތޮޅުވެރިކަމުން ވަކިކުރެއްވުނެވެ.

ހިދުމަތް ކުރި ތާރީޚް

15 އޮގަސްޓް 1972 - 8 އޮގަސްޓް 1973