އަލްފާޟިލު އިބްރާހިމް މުޙައްމަދުދީދީ

ތައާރަފް

1964 ވަނަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ އިބްރާހިމް މުޙައްމަދުދީދީއެވެ. އެމަނިކުފާނަށް އަތޮޅުވެރިކަން ލިބިވަޑައިގަތުމުގެ ކުރިން އަދާކުރައްވަމުން ގެންދެވީ ފުވައްމުލަކުގެ ކުޑަކަތީބުކަމުގެ މަޤާމެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ރަށުގެ މަގުތަކާއި މިސްކިތްތަކުގެ ޙަރިންމަ ފާރުތައް ރޭނުމުގެ މަސައްކަތް ކުރެވުނެވެ.މީގެއިތުރުން، އަތޮޅު ކޮމިޓީ އޮފީސް އިމާރާތްކުރެވި، ރަށުގެ ގޯތިތަކަށް ނަން ދިނުމާއި، އެނަންތައް ފާސްކޮށް ނަންބޯޑު ހަރުކުރުމުގެ މަސައްކަތް ކުރެވުނެވެ. އަދި ވިޔަފާރިކުރާ ތަންތަނުން ކުލި ނެގުމުގެ ނިޒާމެއްވެސް ތަޢާރަފުކުރެވުނެވެ.

އެމަނިކުފާނުގެ އަތޮޅުވެރިކަމުގައި ރޯނުވެށުމުގެ މުބާރާތެއް ބޭއްވުނެވެ. އަދި ފުރަތަމަ ފަހަރަށް ރަށުގައި މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދެވެން ފެށުނެވެ. އިބްރާހިމް މުޙައްމަދުދީދީ އަތޮޅުވެރިކަމުގައި ހުންނެވީ 7 އަހަރާއި 6 މަހާއި 21 ދުވަހުގެ މުއްދަތަށެވެ. މިއީ ފުވައްމުލަކުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް އަތޮޅުވެރިކަން ކުރެއްވި ބޭފުޅާއެވެ.

ހިދުމަތް ކުރި ތާރީޚް

18 ޖުލައި 1964 - 12 އެޕްރީލް 1971