އަލްފާޟިލް ކެންނާރި އިބްރާހިމްދީދީ (ސޯސަންވިލާ) އަށް އަތޮޅުވެރިކަން ލިބިވަޑައިގެން އަތޮޅު އޮފީހާ ޙަވާލުވެވަޑައިގަތީ 1973 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އިބްރާހިމްދީދީގެ ވެރިކަމުގައި، އަތޮޅު އޮފީހުގެ ރޭޑިއޯ ޓެލެފޯނުގެ އެންޓަނާ ހަރުކުރެއްވުމަށްޓަކައި، ބޮޑު ފުނަގަހެއް ކަނޑުއްވައި، އަތޮޅުގޭ ފާރުތެރޭގައި ޖައްސަވައި، އޭގައި އެންޓަނާ ހަރުކުރެއްވިއެވެ.
އިބްރާހިމްދީދީއަކީ ރައްޔިތުންގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ހީވާގި ވެރިއެކެވެ. އިބްރާހިމްދީދީ އަތޮޅުވެރިކަމުގެ މަޤާމުގައި ހުންނެވީ 1 އަހަރާއި 4 މަހާއި 27 ދުވަހުގެ މުއްދަތަށެވެ.
ހިދުމަތް ކުރި ތާރީޚް
15 ސެޕްޓެމްބަރ 1973 - 12 ފެބްރުއަރީ 1975