މަސައްކަތާއި ޙަވާލުވެފައިވާ ފަރާތް
ރައިޒާ ޕްރައިވެޓް ލިމިޓެޑް
މަޝްރޫއުގެ ސްޓޭޓަސް
ހިނގަމުންދަނީ
މަސައްަކަތް ފެށި ތާރީޚް
17 އެޕްރީލް 2022
ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން 365 ދުވަސްތެރޭގައި ދެ ފަންގިފިލާއަށް ޢިމާރާތްކުރާގޮތަށް އިމާރާތް ކުރުމުގެ މަސައްކަތް 2022 ވަނަ އަހަރު އެޕްރީލް މަހު ވަނީ ހަވާލުކުރެވިފައެވެ. މިޢިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިމަކާއި، ލައިބްރަރީއެއް އަދި މީޓިން ރޫމެއް ހަދަން ނިންމާފައިވާއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް ޢިމާރާތްކުރާނެއެވެ. ނަމާދުކުރާ ޖާގައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެއެވެ.