މަސައްކަތާއި ޙަވާލުވެފައިވާ ފަރާތް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
މަޝްރޫއުގެ ސްޓޭޓަސް
ހިނގަމުންދަނީ
މަސައްަކަތް ފެށި ތާރީޚް
27 މާރިޗް 2019
މަގުހެދުމުގެ މި މަޝްރޫޢުގެ ދަށުން މިސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ބޮޑުބައެއް ނިމިފައިވާއިރު މަގުތައް ތަރައްޤީކުރަނީ މަގުތަކުގައި ތާރުއެޅުމާއި ސްޓޯމްވޯޓަރ ޑްރެއިނޭޖާއި މަގުބައްތި ޖެހުން ވެސް ހިމެނޭގޮތަށެވެ. މިހާރު ހިނގަމުންދާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން 37 މަގެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.