މަރްޔަމް ޙަސަންދީދީ އަކީ ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ފުވައްމުލަކު މެދު އުތުރު ދާއިރާ ތަމްސީލްކުރައްވާ މެންބަރެވެ. މި ކޮމިޓީގެ މެންބަރަކަށް މަރްޔަމް ޙަސަންދީދީ އިންތިހާބު ކުރެވުނީ، 10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައެވެ.
ޏ.އަތޮޅު ތަޢުލީމީ މަރުކަޒުން ސާނަވީ ތަޢުލީމު ޙާޞިލްކުރެއްވުމަށްފަހު މަރްޔަމް ވަނީ 18 އަހަރުވަންދެން އައިޖީއެމްއެޗް ގައި ވަޒީފާ އަދާކުރައްވާފައެވެ. އަދި، ލޯކަލް ކައުންސިލް އިންތިހާބުގެ 3 ވަނަ ދައުރުގައި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެދު ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.
އިންތިޚާބީ ދާއިރާ
ފުވައްމުލައް މެދު އުތުރު ދާއިރާ
ހުވާކުރި ތާރީޚް
16 މެއި 2021
ޕާޓީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ