އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު މަރްޔަމް ޛަހީނާ އަޙްމަދަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ 4 ވަނަ ދައުރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ފުވައްމުލަކު އިރު ދެކުނު ދާއިރާ ތަމްސީލްކުރައްވާ މެންބަރެވެ. މި ކޮމިޓީގެ މެންބަރަކަށް ޛަހީނާ އިންތިހާބު ކުރެވުނީ، 10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައެވެ.
ޏ.އަތޮޅު ތަޢުލީމީ މަރުކަޒުން މަތީ ސާނަވީ ތަޢުލީމު ޙާޞިލް ކުރެއްވުމަށްފަހު ޛަހީނާ ވަނީ މިނިސްޓްރީ އޮފް ފިނޭންސާއި، މިނިސްޓްރީ އޮފް ހޯމްއެފެއަރޒާއި ސަރުކާރުގެ އެކިމުއައްސަސާތަކުގައި 6 އަހަރު ވަންދެން ވަޒީފާ އަދާކުރައްވާފައެވެ.
އިންތިޚާބީ ދާއިރާ
ފުވައްމުލައް އިރު ދެކުނު ދާއިރާ
ހުވާކުރި ތާރީޚް
16 މެއި 2021
ޕާޓީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ