ޑޮމެސްޓިކް އިލެކްޓްރިކަލް އެޕްލައެންސަސް ޕްރޮގްރާމް

ޑޮމެސްޓިކް އިލެކްޓްރިކަލް އެޕްލައެންސަސް ޕްރޮގްރާމް
14 ޖެނުއަރީ 2025
ފެށޭ ތާރީޚް: 16 ޖެނުއަރީ 2025 (ހެނދުނު 11:0)
ނިމޭ ތާރީޚް: 18 ޖެނުއަރީ 2025
އިވެންޓް އޮންނަތަން: ކުރުނދުމާ މާލަމް (ފުވައްމުލައް ސިޓީ ކައުންސިލް)

އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ތަރައްޤީއަށް ހިތްވަރު ދިނުމުގެ ގޮތުން މިކައުންސިލުން އަންނަނީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ރާވާ ހިންގަމުންނެވެ. އެގޮތުން މި ޕްރޮގްރާމަކީ މިކައުންސިލުން އިންތިޒާމްކޮށްގެން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ކަނބަލުންނަށް ގެވެހި ސާމާނު ބެލެހެއްޓުމުގެ ހުނަރު ދަސްކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ޚާއްސަކުރެވިފައި ވަނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ އަންހެން ކަނބަލުންނަށެވެ.