ސުޖޫދު ވޯކްޝޮޕް

event image
ޕަބްލިޝްކުރެވުނު ތާރީޚް: 14 ޖެނުއަރީ 2025
އިވެންޓް އޮންނަތަން: މުޙައްމަދު ޖަމާލުއްދީން ސްކޫލް ހޯލް
ފެށޭ ތާރީޚް: 10 ޖެނުއަރީ 2025(14:00)
ނިމޭ ތާރީޚް: 11 ޖެނުއަރީ 2025(18:00)

މިއީ، ނަމާދުގެ މުޙިއްމުކަމާއި ނަމާދު ކުރާނެ ގޮތާއި އަދ ނަމާދާއި ގުޅުން ހުރި އެހެނިހެން ބައެއް ޙުކުމްތައް ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ޕީސް ފައުންޑޭޝަނާއި ގުޅިގެން މިކައުންސިލުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޢުމުރުން 8 އަހަރާއި 12 އަހަރާއި ދެމެދުގެ ދެޖިންސްގެ ކުދިނަށް ޚާއްސަކޮށްގެން ކުދިން ޝައުޤުވެރިވާފަދަ ޙަރަކާތްތަކަކާއި އެކު 2 ދުވަހުގެ ވޯކްޝޮޕެއްގެ ގޮތުގައެވެ. މިވޯކްޝޮޕްގައި ކުދިންނަށް މަޢުލޫމާތު ދެއްވީ އޮސްޓްރޭލިޔާ ބޭފުޅެއް ކަމުގައިވާ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ޝަރީޢާ ގްރެޖުއޭޓް އައްޝައިޚް ޢަބްދުﷲ ނަސީމް އެވެ. މިޕްރޮގްރާމް ނިންމާ 73 ކުދިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.