ރިސާލަތު ޕްރޮގްރާމް

event image
ޕަބްލިޝްކުރެވުނު ތާރީޚް: 20 ފެބްރުއަރީ 2024
އިވެންޓް އޮންނަތަން: ފުވައްމުލައް ސިޓީ
ފެށޭ ތާރީޚް: 26 ފެބްރުއަރީ 2024(00:00)
ނިމޭ ތާރީޚް: 28 ފެބްރުއަރީ 2024(00:00)

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ ދީނީ ކޮންޓެންޓަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ "ރިސާލަތު" ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި، އިމާންކަމުގެ ރުކުންތައް ހަރުދަނާ އަޤީދާ ވަރުގަދަ ކުރުނާއިއެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިކުރުމުގެ ގޮތުން މުޅިރާއްޖެއަށް އަމާޒުކޮށްގެން، ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރައިމަރީ އިން ފެށިގެން ހަޔަރ ސެކަންޑަރީގެ ދަރިވަރުންނާއި، ޓީޗަރުން އަދި ބެލެނިވެރިން، އޮފީސްތަކުގެ ވެރިންނާއި، މުވައްޒަފުންނަށް މަހަކު އެއްފަހަރު ތާވަލްކުރެވިގެން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ މައުޟޫ އާއި ގުޅޭ ޕްރޮގްރާމް 2024 ފެބްރުއަރީ 26 އިން 28 އަށް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.