ފުވައްމުލައް ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތް 2024

ފުވައްމުލައް ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތް 2024
3 މާރިޗް 2024
ފެށޭ ތާރީޚް: 25 އެޕްރީލް 2024 (ހެނދުނު 11:0)

މިމުބާރާތަކީ 2024 ވަނަ އަހަރަށް ފުވައްމުލަކު ސިޓީ ކައުންސިލުން މިއަހަރުގެ ކުޅިވަރު ޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ފުވައްމުލައް ސިޓީގެ އަންހެން އަދި ފިރިހެން ޓީމްތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިގެން 25 އެޕްރީލް 2024 ގައި ބޭއްވުމަށް ގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވެވޭނީ ފުވައްމުލަކަށް ނިސްބަތްވާ އަވަށްތަކުގެ ޓީމްތަކަށާއި ފުވައްމުލަކަށް ނިސްބަތްވާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ޓީމްތަކަށެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ޓީމްލިސްޓު އަންހެން އަދި ފިރިހެން ޑިވިޝަންގެ ޓީމްގެ ސްކޮޑް ރެޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޙަކީ 18 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މުބާރާތުގެ ޤަވާއިދު ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖް އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ.