ކުރުވާހަކަ ލިޔުމުގެ މުބާރާތް 2024

event image
ޕަބްލިޝްކުރެވުނު ތާރީޚް: 7 ފެބްރުއަރީ 2024
އިވެންޓް އޮންނަތަން: ފުވައްމުލައް ޕަބްލިކް ލައިބްރަރީ
ފެށޭ ތާރީޚް: 7 ފެބްރުއަރީ 2024(00:00)
ނިމޭ ތާރީޚް: 22 ފެބްރުއަރީ 2024(13:00)

މިމުބާރާތަކީ މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ޕަބްލިކް ލައިބްރަރީ އިން ކުރިއަށް ގެންދާ ކުރުވާހަކަ ލިޔުމުގެ މުބާރާތެކެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން 9 އަހަރާއި 21 އަހަރާއި ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގެ މަޤްސަދަކީ ދިވެހި ބަހަށް ހިތް ޖެއްސުމާއި، ދިވެހި ބަހުން ކުރުވާހަކަ ލިޔުމުގެ ހުނަރު ތަރައްޤީ ކުރުމެވެ. މީގެ އިތުރުން ދިވެހި ބަހުން ލިޔެފައި ހުންނަ ކުރުވާހަކަތަކެއް އާންމުންނަށް ފޯރުކޮށްދިނުމެވެ.