ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ފުރަތަމަ ފަހަރަށް އަންނަ މެއި 2، ގައި ފުވައްމުލައް ސިޓީގައި ބާއްވަން ނިންމައިފި އެވެ . ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ އެ ދުވުން "ދިރާގު ފުވައްމުލައް ރަން" ނަމުގައި ވަނީ ލޯންޗު ކޮށްފަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ . ދިރާގު ފުވައްމުލައް ރަން އަށް ރަޖިސްޓްރީުކުރުމުގެ ފުރުސަތު އެކަމަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލް އަކުން މިހާރު ވަނީ ހުޅުވާލެވިފައެވެ.