ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2023

ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2023
19 ނޮވެމްބަރ 2023
ފެށޭ ތާރީޚް: 6 ނޮވެމްބަރ 2023 (ހެނދުނު 11:0)
ނިމޭ ތާރީޚް: 8 ނޮވެމްބަރ 2023
އިވެންޓް އޮންނަތަން: ހާފިޒް އަޙްމަދު ސްކޫލް ހޯލް

ޤުރުއާން ކިޔެވުމާއި ދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސްކޫލް ކުދިންނަށާއި، ޤުރުއާން ކްލާސްތަކަށް އަދި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަމާޒު ކޮށްގެން އެކި އުމުރުފުރާތަކަށް ބަހާލައިގެން ކައުންސިލް ޤުރުއާން މުބާރާތްތައް ކުރިއަށްގެންދެއެވެ. އެގޮތުން މިމުބާރާތަކީ ފުވައްމުލަކު ސިޓީކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 07 ވަނަ ޤުރުއާން މުބާރާތެވެ. މިމުބާރާތުގެ މަޤްސަދުގެ ތެރޭގައި ފުވައްމުލަކުގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމާއި ޤައުމީ އަދި ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ވާދަ ކުރެވޭ ފެންވަރުގެ މީހުން ބިނާކުރުން ހިމެނެއެވެ. މިމުބާރާތުގައި ބައިވެރިވާ ކުދިންގެ އަދަދު އެއްއަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރު ޖުމްލަ 190 ދަރިވަރުން މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިކަމުން ދައްކުވައިދެނީ ފުވައްމުލަކު ރައްޔިތުންގެ ހިތްތަކުގައި ޤުރުއާންގެ ފަންނު އުނގެނުމަށާއި، ޤުރުއާން ކިޔެވުމަށް ލޯބި އިތުރުވަމުންދާ ކަމެވެ.