މޭޑް އިން ފުވައްމުލައް ހޭންޑިކްރާފްޓް އެގްޒިބިޝަން

މޭޑް އިން ފުވައްމުލައް ހޭންޑިކްރާފްޓް އެގްޒިބިޝަން
20 ނޮވެމްބަރ 2023
ފެށޭ ތާރީޚް: 20 ނޮވެމްބަރ 2023 (ހެނދުނު 9:0)
ނިމޭ ތާރީޚް: 21 ނޮވެމްބަރ 2023
އިވެންޓް އޮންނަތަން: ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒު ޓީޓީ ހޯލް

މި އެގްޒިބިޝަނަކީ ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވާ ހުނަރު ތަރައްގީ ކުރުމުގެ ޕްރޮގްރާމުތަކުގައި ބައިވެރިވި ބައިވެރިންގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ދައްކާލުމަށް ކުރިއަށް ގެންދާ އެގްޒިބިޝަނެކެވެ، އެގޮތުން މި އެގްޒިބިޝަނުގައި މިއަހަރުގެ ތެރޭގައި ކާމިޔާބުކޮށްފައިވާ ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއޭޓިވްސް ގްރާންޓުގެ ދަށުން ކުރިއަށް ގެންދެވުނު އާޓް އެންޑް ކްރާފްޓް 3 ޕްރޮގްރާމުގެ ބައިވެރިންގެ މި އެގްޒިބިޝަނުގައި ވަނީ ބައިވެރިކޮށްފައެވެ. އެގޮތުން މިގްރާންޓުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ އެމްބްރޮއިޑަރީ ކޯސް، ރެޒިން އާޓް ކޯސް އަދި ސޮފްޓް ޓޯއި މޭކިންގް ކޯހުގެ ޖުމްލަ 45 ބައިވެރިއެއްގެ މަސައްކަތް މިއެގްޒިބިޝަނުގައި ދައްކާލުމަށްވަނީ ބައިވެރިކޮށްފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވާ ގަހަނާ ފަރުމާކުރުމާއި ގަހަނާ ހެދުމުގެ ކޯހުގެ ބައިވެރިންގެ މަސައްކަތްވެސް މި އެގްޒިބިޝަނުގައި ދައްކާލުމަށްވަނީ ބައިވެރިކޮށްފައެވެ.

ޖުމްލަ 2 ދުވަހެއްގެ މައްޗަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދާއި މާދަމައެވެ. އެގޮތުން މިއަދު (20 ނޮވެންބަރ 2023) 14:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މާދަމާ (21 ނޮވެންބަރ 2023) މި އެގްޒިބިޝަން ކުރިއަށްދާނީ 14:00 އިން 18:00 އަށެވެ.