ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 2024

ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް  2024
2 ޖުލައި 2024
ފެށޭ ތާރީޚް: 3 އޮގަސްޓް 2024 (ރޭގަނޑު 19:0)
ނިމޭ ތާރީޚް: 7 އޮގަސްޓް 2024
އިވެންޓް އޮންނަތަން: ޏ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯލް

ޤުރުއާނަށް ލޯބި ޖައްސާ ޤުރުއާން ކިޔެވުމާއި ދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ފުވައްމުލަކުގެ ސްކޫލް ކުދިންނަށާއި، ޤުރުއާން ކްލާސްތަކާއި، ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަމާޒު ކޮށްގެން އެކި ޢުމުރުފުރާތަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް ފުވައްމުލައް ސިޓީ ކައުންސިލް ޤުރުއާން މުބާރާތް ކުރިއަށްގެންދެއެވެ. އެގޮތުން މިމުބާރާތަކީ މިކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 8 ވަނަ ޤުރުއާން މުބާރާތެވެ. މިމުބާރާތުގެ މަޤްސަދުގެ ތެރޭގައި ފުވައްމުލަކުގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމާއި ޤައުމީ އަދި ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ވާދަ ކުރެވޭ ފެންވަރުގެ މީހުން ބިނާކުރުން ހިމެނެއެވެ. ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާ ކުދިންގެ އަދަދު އެއްއަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. މިކަމުން ދައްކުވައިދެނީ ފުވައްމުލަކު ރައްޔިތުންގެ ހިތްތަކުގައި ޤުރުއާންގެ ފަންނު އުނގެނުމަށާއި، ޤުރުއާން ކިޔެވުމަށް ލޯބި އިތުރުވަމުންދާ ކަމެވެ. މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2024 އޮގަސްޓް 04 ވަނަ ދުވަހުން ފެށިގެންނެވެ.