ރަށިބާޒާރޮ 2025

ރަށިބާޒާރޮ 2025
20 އޮގަސްޓް 2025
ފެށޭ ތާރީޚް: 8 ސެޕްޓެމްބަރ 2025 (ރޭގަނޑު 19:0)
ނިމޭ ތާރީޚް: 13 އޮގަސްޓް 2025
އިވެންޓް އޮންނަތަން: ފުވައްމުލައް ސިޓީ

16 ވަނަ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕާއި ގުޅުވައިގެން "ރަށި ބާޒާރޮ 2025" ގެ ނަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ޚާއްޞަ ބާޒާރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކި ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް ހުޅުވާލެވިގެން ބޭއްވޭ މި ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 9، 10، 11 ،12 އަދި 13 ވަނަ ދުވަހުގެ ރޭގަނޑު 20:00 އިން 23:00 އަށެވެ.

މި ބާޒާރުގެ މައިގަނޑު އެއް މަޤުޞަދަކީ ޢާންމުކޮށް ލިބެން ހުންނަ އަގަށްވުރެން ހެޔޮ އަގުގައި، ތަފާތު އެކިކަހަލަ މުދާތައް އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމާއި، އެތްލެޓިކްސް މުބާރާތަށް ރަށަށް އަންނަ ފަރާތްތަކާއި ރަށުގެ ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ގޮތުން ބައިވެރިވެވޭނެ ޙަރަކާތެއް ހިންގުމެވެ. މީގެ އިތުރުން މިކައުންސިލާއި އެޑްވެންޗަރ އަޕް ގުޅިގެން ބާއްވާ ކާނިވަލެއްވެސް މިބާޒާރާއިއެކު ކުރިއަށް ދާނެއެވެ.