ވެރިފަރާތްހޯދުން

ޕަބްލިޝްކުރެވުނު ތާރީޚް: 21 ޑިސެމްބަރ 2025
(IUL)468-LMS/468/2025/293
ސުންގަޑި: 23 ޑިސެމްބަރ 2025(މެންދުރު 12:00)

ފުވައްމުލަކު ދިގުވާނޑު އަވަށު ރިވާރޑް ގޯތީގެ ހުޅަނގުން އޮތް ހުސްބިމުގައި ހުރި 01 ން 03 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދުމަށް ވަނީ ބޭނުން ވެފައެވެ.

ވީމާ، މި ރުއް ގަހުގެ މިލްކުވެރިފަރާތެއް ވާނަމަ 2025 ޑިސެންބަރު 23 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ އެ ރުއްގަހުގެ މިލްކުވެރިކަން އެނގޭނެ ލިއުމަކާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް މެނޭޖްމަންޓް ސެކްޝަނަށް (ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރާތް) ހުށަހެޅުއްވުން އެދެމެވެ.