ފުވައްމުލައް ސިޓީ ކްރިކެޓް ޓޯނަމެންޓް 2025

ޕަބްލިޝްކުރެވުނު ތާރީޚް: 18 ފެބްރުއަރީ 2025
468-ESDS/468/2025/2
ސުންގަޑި: 25 ފެބްރުއަރީ 2025(މެންދުރު 12:00)

ފުވައްމުލަކު ސިޓީ ކައުންސިލާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގުޅިގެން "ފުވައްމުލައް ސިޓީ ކްރިކެޓް މުބާރާތް 2025" ގެ ނަމުގައި ކްރިކެޓް މުބާރާތެއް 03 މާރޗް 2025 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 25 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ޓީމްލިސްޓް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޓީމް ލިސްޓް ފޯމް އަދި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްއިން ލިބެންހުންނާނެ ވާހާކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9630303 އަދި 9907088 ނަންބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

އިއުލާނާއި ގުޅޭ ލިޔެކިޔުންތައް

ފުވައްމުލައް ސިޓީ ކްރިކެޓް ޓޯނަމެންޓް 2025