ވެރިފަރާތް ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 23 ސެޕްޓެމްބަރ 2024
(IUL)468-LMS/468/2024/265
ސުންގަޑި: 26 ސެޕްޓެމްބަރ 2024(މެންދުރު 14:00)

ދަޑިމަގު މިޔާޒު ގޯތީގެ ހުޅަނގު ފަރާތު ރުއްގަސް ސަރަޙައްދުގައިވާ ރުއްތަކުގެ ތެރެއިން، 1 އިން 17 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރި ފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ 2024 ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ރުއްގަސް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް މެނޭޖްމެންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.