"ފުވައްމުލައް ސިޓީ ކައުންސިލް ހޭންޑް ބޯޅަ މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ޕަބްލިޝްކުރެވުނު ތާރީޚް: 24 އެޕްރީލް 2025
(IUL)468-ESDS/468/2025/99
ސުންގަޑި: 1 ޖޫން 2025(މެންދުރު 12:00)

ފުވައްމުލަކު ސިޓީ ކައުންސިލް އިން އިންތިޒާމް ކޮއްގެން 14 ޖޫން 2025 ގައި ފެށުމަށް ހަމަޖެހިފައިވާ "ފުވައްމުލަށް ސިޓީ ކައުންސިލް ހޭންޑް ބޯޅަ މުބާރާތް 2025" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 01 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން youth@fuvahmulah.gov.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ޔުނިޓްގެ ސީނިއަރ ކައުންސިލް އޮފިސަރ ނާފިޒް ޢަލީ ޔޫސުފް 7778529 ފޯނާއި ގުޅުއްވުން އެދެމެވެ.

އިއުލާނާއި ގުޅޭ ލިޔެކިޔުންތައް