ފުވައްމުލަކު ސިޓީ މިސްކިތްމަގު " ވިނާރސް " ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 17 ނޮވެމްބަރ 2025
(IUL)468-LMS/468/2025/267
ސުންގަޑި: 24 ނޮވެމްބަރ 2025(މެންދުރު 13:00)

ފުވައްމުލަކު ސިޓީ މިސްކިތްމަގު " ވިނާރސް " ގޯއްޗަށް ހަދާފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން މިއިދާރާ އަށް ވަނީ ހުށަހަޅާފައެވެ.

ވީމާ މިދެންނެވި ރަޖިސްޓްރީ އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 2025 ނޮވެމްބަރު 24 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ ސިޓީޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) އަންގަވާ ދެއްވުން އެދެމެވެ.