ފުވައްމުލައް ސިޓީ ކައުންސިލުން 1447 ވަނަ އަހަރުގެ މާހިފުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ފުވައްމުލަކުގައި ފާހަގަ ކުރާ މާހިފުމަކީ ރާއްޖޭގެ އެކިހިސާބުތަކުން ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކޮށް ޢާއިލާ ތަކާއި، ރައްޓެހިން އެކުގައި ކުރިއަށްގެންދާ އުފާވެރި ޙަރަކާތެކެވެ.
މާހިފުން އޮންނާނީ 2026 ފެބްރުއަރީ 15،16 ދެ ދުވަހު ފުވައްމުލަކު ތޫނޑު ސަރަޙައްދުގައެވެ. މާހިފުން ކުރިޔަށްދާ ސަރަހައްދުގައި ކުލަބް ޖަމްމިއްޔާ ތަކާއި އަމިއްލަ ފަރާތްތަކުން ކައުންސިލާއި ގުޅިގެން އެކިކަހަލަ ކުޅިވަރުތަކާއި އިވެންޓްތައް ކުރިއަށްގެންދަން ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، ކައުންސިލާއި ގުޅިގެން ކުޅިވަރު ނުވަތަ އިވެންޓެއް ބާއްވަން ބޭނުންވާ ފަރާތްތަކުން 29 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ގެ ކުރިން ތިރީގައިވާ ފޯމް ފުރިހަމަކޮށް ދެއްވުން އެދެމެވެ.
ފޯމުގެ ލިންކް: https://forms.office.com/r/sHG3PNiLQ1
02 ޝަޢުބާން 1447 ހ.
21 ޖަނަވަރީ 2026 މ.