ނީލަން ކިއުމާއި ގުޅޭ

17 ޑިސެމްބަރ 2024|(IUL)468-LMS/468/2024/335
ސުންގަޑި: 24 ޑިސެމްބަރ 2024 ( 4:0)

ހަވިއްތަމަގު ފުޅާކޮށް މި މަގާއި އިންވެގެން ޕާކިންގ ސަރަހައްދެއް ހެދުމަށްމަށްޓަކައި ބަދަލުދެވިފައިވާ މުރަގަވިލާ މަގުފާރާއި ގޯތީގައި ރާނާފައިހުރި ގޭގެ ( ފާރާއި ދޮރުތައް އަދި ފުރާޅުގައި ހުރި ޓިނުތަކުގެ) ނީލަންކިޔުން 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ ހެދުނު 9:00 ގައި މުރަގަވިލާ ގޯތި ކައިރީގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހު 9:00 އަށް އެތަނަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން އިމާރާތް އަދި ފާރު ނަންގަވާ ފަރާތްތަކުން 26 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 29 ޑިސެމްބަރ 2024 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އިމާރާތް އަދި ފާރުތަޅާ ސާފުކޮށް އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުރެއްޖެނަމަ އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ ކައުންސިލްގެ ފަރާތުން އުކާލެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.