ރުއްތަކަށް ޖެހޭ ހުދު ކޫނޑި ފިލުވުމަށް ބޭނުންކުރާ ބޭސް ދޫކުރުމާ ގުޅޭ
ޕަބްލިޝްކުރެވުނު ތާރީޚް: 12 އޮކްޓޯބަރ 2026
ސުންގަޑި: 15 އޮކްޓޯބަރ 2026(މެންދުރު 12:00)
މި ރަށުގެ ރުއްތަކަށް ޖެހެމުން އަންނަ ހުދު ކޫނޑި ބަލި ކޮންޓްރޯލްކޮށް ރަނގަޅު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން މި އިދާރާއަށް ފޮނުވާފައިވާ "ރުކުގައި ހަރުކުރާ ބޭސް ޕެކެޓް" ގެ 229 (ދުއިސައްތަ ނަވާވީސް) ޕެކެޓް މިހާރު ވަނީ މި އިދާރާއަށް ލިބިފައެވެ.
ވީމާ، މި ރަށުގެ ކޮންމެ ގޭބިސީއަކަށް 1 (އެކެއް) ޕެކެޓްގެ ރޭޓުން، ބޭސް ބަލައި އެންމެ ކުރިން އަންނަ ފަރާތްތަކަށް އިސްކަންދީގެން މި ތަކެތި ހުސްވަންދެން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޭސް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ:
ތާރީޚް:
14
އޮކްޓޯބަރ
2026
އިން
15
އޮކްޓޯބަރ
2026
ގެ ނިޔަލަށް
ވަގުތު: ހެނދުނު
08:30
އިން މެންދުރު
12:00
އަށް
ތަން: ފުވައްމުލަކު ސިޓީ ކައުންސިލްގެ ސިޓީ މެއިންޓެނަންސް ސެކްޝަން (ހޮސްޕިޓަލް ކުރިމަތި)
