"ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2026" ސްޕޮންސާރ ކުރުމުގެ ފުރުސަތު ހުޅުވާލުން
އެހެން އަހަރުތަކެކޭ އެއްފަދައިން 2026 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުޅިވަރު ކެލެންޑަރގައި ހިމެނިގެން "ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2026" ބޭއްވުމަށް ވަނީ ނިންމާފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރާ މިފަދަ މުބާރާތްތަކަކީ އަތޮޅު ލެވެލްގައި އާއި އަދި ރާއްޖެ ލެވެލްގައިވެސް ފޯރިގަދަ ކާމިޔާބު މުބާރަތްތަކެވެ. އެގޮތުން 2026 ވަނަ އަހަރު ބޭއްވޭ ފުޓްސަލް މުބާރާތަކީ އެހެން އަހަރުތަކާއި ތަފާތު ފުރިހަމަ މުބާރާތަކަށް ހެދުމުގެ މަސައްކަތް މިކައުންސިލުން ދަނީ ކުރަމުންނެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ފުވައްމުލަށް ސިޓީ އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޅިވަރުގެ ރޫޙް އާލާކޮށް، އައު ކުޅުންތެރިން އުފައްދައި، ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދީ އަދި ޤައުމީ ފެންވަރުގައި ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުމެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ އަކީ ކުށްމަދު، އިޖްތިމާއީ ގޮތުން ބަދަހި މުޖުތަމައެއް އޮންނަ ސިޓީއަކަށް ހެދުމަކީ މިމުބާރާތްތައް ބޭއްވުމުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
މިފަދަ މުބާރާތްތައް ކަމިޔާބުކޮށް ނިންމާލެވެނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. އެގޮތުން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2026" ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
ވީމާ، ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.