ފުވައްމުލަކު ސިޓީ ކައުންސިލުން ބެލުމުގެ ދަށުގައިވާ ހޯދަޑު އަވަށު އަބޫބަކުރު ސުކޫލްގެ، ކުލާސް ރޫމް އަދި ފާޙާނާ އިމާރާތް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މިއިދާރާއަށް ފައިސާ ދެއްކެވުމަށްފަހު މި އިމާރާތް 7 ދުވަސް ތެރެއިގައި ތަޅާ ނަގަންވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 26 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އަށް ވަޑައިގެންދެއްވުން އެދެމެވެ.