1618
ޕަބްލިޝްކުރެވުނު ތާރީޚް: 27 ނޮވެމްބަރ 2025
(IUL)468-LMS/468/2025/271
ސުންގަޑި: 3 ޑިސެމްބަރ 2025(ހެނދުނު 9:15)

ފުވައްމުލަކު މާދަޑު ކަރަންކާމަގު އަދި ހިރިމާގޯޅި ފުޅާ ކުރުމަށް ނިންމާފައިވާ ބިމުގައި 01 ން 15 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ނީލަންކިއުމަށް ބޭނުންވެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 ޑިސެމްބަރ 2025 ވާ ބުދަ ދުވަހު 09:15 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި ނީލަމުން މި ރުއް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަމުގެ ފައިސާ ދެއްކެވުމަށްފަހު 03 ދުވަހުގެ ތެރޭގައި ރުކުގެ ބައިތައް އެތަނުން ނަގައި ސާފުކުރަން ވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.