16 ވަނަ ނެޝަނަލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް އަށް އޮފިޝަލުން ހޯދުމާއި ގުޅޭ

15 އޮގަސްޓް 2025|(IUL)468-ESDS/468/2025/220

2025 ސެޕްޓެމްބަރ 09 އިން 14 އަށް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ނެޝަނަލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް ގައި ވޮލެންޓިއަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ބޭނުންވެއެވެ.

ޝަރުތު؛

16 އަހަރު ފުރިފައިވުން. (އޮފިޝަލުންނަގާއިރު ބަލާނީ 2025 ޖެނުއަރީ 31 އަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.)

އިނާޔަތްތައް؛

އޮފިޝަލުންނަށް މުބާރާތް ހިނގަމުންދާ ވަގުތު ބޭނުން ކުރުމަށް ޓީ-ޝާޓް ހަވާލްކުރެވޭނެއެވެ.

އޮފިޝަލުންނަށް މުބާރާތް ހިނގަމުންދާ ދުވަސްތަކަށް -/200 ރުފިޔާގެ ޕޮކެޓް މަނީއެއް ދެވޭނެއެވެ.

މުބާރާތުގެ ފެށުމުގެކުރިން އެތްލެޓިކްސްއާ ބެހޭ ފަންނީ ޓެކްނިކަލް މައުލޫމާތު ދެވޭނެއެވެ.

މުބާރާތް ނިމިގެން އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެވޭނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޯގަސްޓު 2025 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މިއިޢުލާނާއިއެކު މިވާ އޮންލައިން ފޯމު ފުރުއްވުން އެދެމެވެ.

https://forms.office.com/r/gkp08XF5fb

21 ސަފަރ 1447ހ

14 އޯގަސްޓު 2025މ