"ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ފުވައްމުލައް ސިޓީ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން 04 އޮކްޓޯބަރ 2026 ގައި މުޅި ރާއްޖޭގެ ހުރިހާ ޓީމްތަކަށް އަމާޒުކޮށްގެން " ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2026 " ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 14 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން[email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.