"ފުވައްމުލައް ސިޓީ ކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން 18 އޯގަސްޓް 2026 ގައި "ފުވައްމުލައް ސިޓީ ކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް 2026" ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ފުވައްމުލަކުގައި ޤާއިމުވެ ހިންގާ ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނި ތަކާއި އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 10 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.