މާދަޑު "އޭޝިއާ" ގޯތީގެ ހުޅަގުފަރާތުގައި ނަންބަރު 1 އަދި 2 ޖަހާފައިވާ ދެ ފުނަގަހުގެ ނީލަންކިޔުން 2024 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ 9:00 ގައި އެސަރަޙައްދުގައި އޮންނާނެއެވެ.
ނީލަމުން މިފުނަގަސް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، 03 ދުވަހުގެ ތެރޭގައި ފުނަގަސް ކަނޑައި ފުނަގަހުގެ ބައިތައް އެތަނުން ނަންގަވައި ސާފުކުރަން ވާނެއެވެ.
ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.