އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދުމާއި ބޭރުގެ ޙާފިޡުންނަށް ހުއްދަދިނުން

ޕަބްލިޝްކުރެވުނު ތާރީޚް: 4 ޑިސެމްބަރ 2025
ސުންގަޑި: 15 ޑިސެމްބަރ 2025(މެންދުރު 14:00)

1447 ވަނަ އަހަރު ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުންނާއި ރާއްޖެއިން ބޭރުގެ ޙާފިޡުން ރާއްޖެ ގެނައުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 15 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިކަމަށް ހުށަހަޅަންޖެހޭ "ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމުގެ ހުއްދަ އަށް އެދޭ ފޯމް" އަދި "ދިވެހި ހާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމް" މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓް www.Fuvahmulah.gov.mv އިން ލިބެން ހުންނާނެއެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން މި އިދާރާ (ކުރީގެ ރަށު އޮފީސް ހިނގަމުންއައި ޢިމާރާތުގައިވާ މޮސްކް ޔުނިޓުން) ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މޮސްކް ޔުނިޓްގެ އީމެއިލް އެޑްރެހަށް [email protected] ފޮނުއްވުން އެދެމެވެ.

12 جُمَادَىٰ ٱلْآخِر 1447

02 ޑިސެންބަރު 2025