1618

ދޮންސިއްތީބު އެވޯޑު 2026

ޕަބްލިޝްކުރެވުނު ތާރީޚް: 11 ޑިސެމްބަރ 2025
ސުންގަޑި: 8 ފެބްރުއަރީ 2026(މެންދުރު 14:00)

ދޮންސިއްތީބު އެވޯޑު 2026

ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތުގައި ފުވައްމުލައް ސިޓީގެ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ތެރޭގައި ހިމެނޭ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު،ރަށު ފެންވަރުގައި ވަޒަން ކުރުމުގެ މަޤްޞަދުގައި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އިން ދޭ "ދޮންސިއްތީބު އެވޯޑް" އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާތީ 08 ފެބުރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ހުޅުވާލައި އެކަން އިއުލާނުކުރަމެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ދޮން ސިއްތީބު އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެއެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު، ފުވައްމުލައް ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހުން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަންތައް ހުށަހަޅާނީ މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް، ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހަށެވެ.