ނަންބަރ: (IUL)468-LMS/468/2025/307
އިޢުލާން
ވެރިފަރާތް ހޯދުމާއި ގުޅޭ:
މާދަޑު ފެންތިކި ގޯތީގެ ހުޅަގުފަރާތުގައި އޮތް ހުސްބިމުގައިވާ ރުއްތަކުގެ ތެރެއިން 1 އިން 9 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.
ވީމާ މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ 2026 ޖަނަވަރީ 5 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ރުއްގަސް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލްގެ ސިޓީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.
09 ރަޖަބު 1447 ހ.
29 ޑިސެންބަރު 2025 މ.