އެހެން އަހަރުތަކެކޭ އެއްފަދައިން 2024 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުޅިވަރު ކެލެންޑަރގައި ހިމެނިގެން ގިނަ ކުޅިވަރު ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރޭވިފައި ވެއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރާ މިފަދަ މުބާރާތްތަކަކީ އަތޮޅު ލެވެލްގައި އާއި އަދި ރާއްޖެ ލެވެލްގައިވެސް ފޯރިގަދަ ކާމިޔާބު މުބާރަތްތަކެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ފުވައްމުލަކުގައި ކުޅިވަރުގެ ރޫޙް އާލާކޮށް، އައު ކުޅުންތެރިން އުފައްދައި، ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދީ އަދި ޤައުމީ ފެންވަރުގައި ގިނަ ކުޅުންތެރިންތަކެއް ފުވައްމުލަކުގައި އުފެއްދުމެވެ. މީގެ އިތުރުން ފުވައްމުލަކަކީ ކުށްމަދު، އިޖްތިމާއީ ގޮތުން ބަދަހި މުޖުތަމައެއް އޮންނަ ރަށަކަށް ހެދުމަކީ މިމުބާރާތްތައް ބޭއްވުމުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ. މިފަދަ މުބާރާތްތައް ކަމިޔާބުކޮށް ނިންމާލެވެނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ.
އެގޮތުން، ފުވައްމުލައް ސިޓީ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކުޅިވަރު ކެލެންޑަރގައި ހިމެނިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު ޙަރަކާތްތަކަށް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
ވީމާ، ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އެޕްރީލް 2024 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.